ސާބިއާ އާއެކު ރާއްޖެ އިން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ ފޮރިން މިނިސްޓަރު ޝާހިދު މިހާރު ސާބިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖެ އާއި ސާބިއާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ހިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގެ ތެރެއިން ވައިގެ ހިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކްސްޕޯޓުތަކަށް އައު މާކެޓެއް ލިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ސާބިއާ އިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުތައް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ސާބިއާގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ