ހުޅުމާލެ އިތުރަށް ހިއްކުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އާބަންކޯ އިން ބުނެއެވެ. ހުޅުމާލެ އިން ހިއްކުމަށް ހަމަޖެހިފައި ވަނީ ކޮން ސަރަހައްދެއް ކަމެއް ނޭނގެއެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ހުޅުމާލެ އިން ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ.
މި ސަރަހައްދަކީ ހުޅުމާލެ މާސްޓާ ޕްލޭނުގައިވާ ގޮތުން ނަމަ ކްރޫޒް ލައިނާތަކަށް ހާއްސަ ކޮށްފައިވާ ބަނދަރެކެވެ.
ހުޅުމާލެ އިތުރަށް ހިއްކަން ނިންމާފައިވާއިރު ދައުރު ނިމުމުގެ ކުރިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި