ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން، އެ މޮޓޯކެޑު ހުއްޓުވުމަކީ ރައީސް ސޯލިހަށް ސަލާމަތީ ބާރުތަކުން ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފެއިލްވި މައްސަލާގައި ކޮމާންޑިން އޮފިސަރުގެ އިހުމާލެއް ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެ މައްސަލާގައި ޕްރެޒެޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އިބްރާހީމް މަގާމުގެ ޒިންމާތަކުން އެކަހެރިކުރިއެވެ.
އެކަމާއި ގުޅިގެން އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ އާއި ގުޅިގެން އިބްރާހީމް ސަސްޕެންޑް ކުރި ކަމަށް އެއްވެސް އިރަކު ބުނެފައި ނުވާނެ ކަމަށެވެ.
ނަމަވެސް މައްސަލަ ބެލުމަށްޓަކައި ސިފައިންގޭގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާއި އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރި ކުރެވުނު ކަމަށް ބުނެފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
އެއީ ސިފައިންގެ ވަޒީފާއާއި ބެހޭ ގަވައިދުގެ ދަށުން “ސިފައިންގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުން” އެ މާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ސިފައިންގޭގައި ދިމާވާ ކަމަކުން ކޮމާންޑަރުން އަދާކުރާ ޒިންމާ އާއި މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރި ކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާ އެކު ހިންގުމަށް ކަމަށެވެ.
ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ބެލިބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.
މި މައްސަލަ ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީން ވެސް އަންނަނީ ބަލަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ