މާލޭގެ ގެއެއްގެ ތެރެއިން ވައްކަން ކުރުމަށް ވަތް މީހަކު އެ ގެއިން ދެ ޖީންސް ވަގަށް ނެގި މައްސަލާގައި ބަންދުކޮށްފިއެވެ.
ގދ. ތިނަދޫ، އަބުހަރީއާގެ/ އަނާން އަހްމަދު ނަމަކަށް ކިޔާ 27 އަހަރުގެ މި މީހާ ވަގަށް ނަގާފައި ވަނީ ދެ ޖީންސެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މީނާ ފަސް ދުވަހަށް ބަންދު ކުރުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ.
ކޯޓުން އޭނާ ބަންދު ކުރުމަށް ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި ގުޅޭ ހެއްކާއި ގަރީނާ ކޮންމެވެސް ވަރަކަށް ހުރުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މީގެކުރިންވެސް މިބާވަތުގެ ކުށުގެ ރިކޯޑު އޮތް ކަމަށް ދައްކާފައިވާ މި މީހާ ހައްޔަރު ކޮށްފައި ވަނީ، ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު ނެރުއްވި ކޯޓު އަމުރުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ