ދެ މީހުންނާ އެކު މާލެއިން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ދިޔަ އެ ދޯނީގެ ޚަބަރެއް އެންމެފަހުންވެފައި ވަނީ މިއަދު މެންދުރު 11:35 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ ދޯނީގެ ޚަބަރެއް ނުވެގެން، ސިފައިންނަށް އަންގާފައި ވަނީ މިއަދު އިރުއޮއްސި 6 ޖެހިފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނީ "ޖަންބޯ" ނަމަކަށް ކިޔާ 65 ފޫޓު ދޯންޏެކެވެ. އެ ދޯނި މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރިއެވެ. ނަމަވެސް މިއަދު ހެނދުނު އެ ރަށުން ފުރައިގެން ދަރަވަންދޫއަށް ދަތުރުފެށިފަހުން ދޯނި ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު ޖަންބޯ ދޯންޏާ ވަައްތަރު ދޯންޏެއް ކަމަށްލަފާ ކުރެވޭ އުޅަނދެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލުބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައެވެ.
އެ ދޯންޏާ ބެހޭ އެއްވެސް މައުލުމާތެއް ލިބިއްޖެނަމަ 191 ގުޅައި މައުލޫމާތު ދިނުމަކީ ސިފައިންގެ އިލްތިމާސެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ