ރައްޔިތުންގެ މަޖިލީހުގެ މަތިވެދި ދާއިރާގެ މެމްބަރަށް މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ޒަރީޒަށް ހަމަލާދީފައި ވަނީ ހެންވޭރުގައި ހުންނަ، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައެވެ. އެ މައްސަލައިގެ ރިޕޯޓް ލިބުނީ އޭޕްރީލް މަހުގެ 30ވަނަ ދުވަހު ރޭހެ ފަތިހު ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީއާ ގުޅިގެން ޒަރީރަށް ލިބިފައިވާ އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ހޯއްދަވައިފައެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޯޓް އަމުރެއްގެ ދަށުން 21 އަހަރާއި 22 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ