އެއް ފަޔާއެކު ފުޓުބޯޅަ ކުޅެނިކޮށް ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަ އަހުމަދު ޝަވަން މުހައްމަދު މަސްނުވީ ފަޔަކާއެކު ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް، އިތުރު ތަމްރީންތައް އޭނާއަށް ދޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ހދ. މަކުނުދު އަށް އުފަން ޝަވަން އުފަންވި އިރު ވެސް ހުރީ އެންމެ ފައެކެވެ. ޝަވަންގެ ކަނާތު ފައި އިންނަނީ ކަކުލުހުޅާ ހިސާބަށެވެ. އެ ކުއްޖާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެނިފަ އެވެ.
އެ މުބާރާތުގައި ޝަވަން ކުޅޭތަން ފެނި ގިނަބައެއްގެ ލޯބި ލިބިފައިވާ އިރު، މިއަދު އާޓިފިޝަލް ފަޔަކާއެކު އޭނާ ދެކެމުން އައި ބޮޑު ހުވަފެން ވަނީ ހަގީގަތަކަށްވެފައެވެ. ޝަވަންގެ އާޓިފިޝަލް ފައެއް ޖަހާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު މިހާރު ވެސް ގިނަ ބަޔަކު އަންނަނީ އެ ކުއްޖާ އަށް ތައުރީފު ކުރަމުންނެވެ.
މީގެ އިތުރުން ޝަވަންގެ އާޓިފިޝަލް ފަޔާއެކު ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިނިސްޓަރ މަހްލޫފް ވަނީ ހިއްސާކޮށްފައެވެ. އެ ވީޑިއޯއާއެކު މަހްލޫފް ވިދާޅުވީ ޝަވަންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.
"ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ. ނަމަވެސް ކުރަންޖެހުނު އޮޕަރޭޝަން ނިމި ރަނިން ބްލޭޑް އަދި ޕްރޮސްތެޓިކް ފައި ޖެހިފައިވާތީ އުފާކުރަން. ޑޮކްޓަރުންގެ ލަފައާއިއެކު ރީހެބިލިޓޭޝަން އަދި އިތުރު ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ." މަހްލޫފް ވިދާޅުވިއެވެ.
މި ވަގުތު ޝަވަން ޕްލާސްޓިކް ފައި ޖަހައިގެން އާންމުކޮށް ނުހިނގަ އެވެ. ޑޮކްޓަރުގެ ލަފާގެ މަތިން މިހާރު ޕްލާސްޓިކް ފައި ބޭނުންކުރަނީ ކޮންމެ ދުވަހެއްގެ އެއް ގަޑިއިރަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާހަގަކުރި ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މަހްލޫފް ވަނީ ޝަވަން އަށް ރަނިން ބްލޭޑެއް ހަދިޔާ ކުރައްވައިފަ އެވެ.
އަދި ޝަވަން އަކީ ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް ހެދުމުގެ އުންމީދުގައި އިންޑިއާ އަށް ފަރިތަކުރުމަށް ފޮނުވަން ނިންމާފައިވާކަން ހާމަ ކުރެއްވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ