ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ގައްދާރުވާ މެންބަރުން ޕާޓީން ވަކި ކުރުމަށް ގޮވާލާ އިހުތިޖާޖުކޮށްފިއެވެ.
އެމްޑީޕީގެ އޮފީސް ދޮރުމަތީގައި ކުރިޔަށް ގެންދިޔަ އެ އިހުތިޖާޖުގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުން މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ޗަބީ އާއި ހެރިޓޭޖު މިނިސްޓްރީގައި ސިޔާސީ މަގާމެއް ފުރަމުން އަންނަ ނާޒިމް (ބައުންޓީ) ވެސް ވަނީ ބައިވެރިވެފައެވެ.
މި އިހުތިޖާޖާ ގުޅޭ ފޮޓޯތަކެއް އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަށް ލުމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ޕާޓީގައި ހުރުމުން އުނދަގޫ ވަނީތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލު ނަޝީދު ކުރެއްވީ ބައުންޓީއާއެވެ. ނަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ބައުންޓީ ވަނީ އޭނާ ގޮވާލީ ޕާޓީ އަށް ގައްދާރުވާ މީހުން ޕާޓީން ކުރާ ވާހަކަ ކަމަށެވެ. އޭނާ ވަނީ ނަޝީދު އެމްޑީޕީ އަށް ގައްދާރުވީތޯ ސުވާލު ކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާއެކު އެމްޑީޕީގެ މަސައްކަތްތަކާއި ފެޔަށް ޖެހި ނަޝީދު އަންނަނީ “ފިކުރެއްގެ ދިރުން” ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. އެ ހަރަކާތުގައި މަޖިލީހުގައި ނަޝީދަށް ތާއީދު ކުރާ މެންބަރުންނާއި އާއްމު ބައެއް މެންބަރުން އަންނަނީ ބައިވެރިވަމުންނެވެ.
ނަޝީދު ކުރިޔަށް ގެންދާ “ފިކުރެއްގެ ދިރުން” އަންނަނީ ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެފަދަ މެންބަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ