ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފް އިސްތިއުފާ ދެއްވައިފިއެވެ.
އަފްޝަން މަގާމުން އިސްތިއުފާ ދެއްވިކަމުގެ ލިޔުން މިހާރު އެލްޖީއޭ އަށް ވަނީ ފޮނުވައިފައެވެ.
މިކަމުގެ ތަފްސީލް ހޯދުމަށް އަފްޝަން އަށް މި ނޫހުން ގުޅާލުމުން ފޯނު ނުނަގާތީ އެކަމުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވެއެވެ.
ބައެއް ނޫސްތަކަށް އަފްޝަން މައުލޫމާތު ދެއްވި ގޮތުގައި، އެލްޖީއޭ އިން އިސްތިއުފާ ދެއްވީ އާއިލާ އަށް ވަގުތު ދެއްވުމަށް ކަމަށެވެ.
އަފްޝަން އަކީ ކުރިން އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރެއްވި ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. އަމްރު މަގާމުން ވަކި ކުރެއްވުމާއެކު އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވެ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި އަފްޝަން އަދި އަމްރުވެސް ތާއީދު ކުރެއްވީ ރައީސް މުހައްމަދު ނަޝީދަށެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި