މިއަހަރުގެ މިހާތަނަށް ހަތަރު މަސް ނިމިފައިވާއިރު މިދިޔަ މަހަކީ އެންމެ ގިނައިން ޑެންގޫ ހުން ރިޕޯޓު ކޮށްފައިވާ މަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނިވެސް ޑެންގޫ ހުން ޖެހިގެން 320 ކޭސް އެއް ވަނީ ރިޕޯޓު ކޮށްފައެވެ.
މިއަހަރު ދެން އެންމެ ގިނައިން ޑެންގޫ ހުން ރިޕޯޓު ކޮށްފައި ވަނީ ޖެނުއަރީ މަހުއެވެ އެއީ 238 ކޭސްއެވެ.
މިދިޔަ މަހު ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާ ބަލާއިރުވެސް މަތީ އަދަދެކެވެ. މިދިޔަ އަހަރު އެންމެ ގިނައިން ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައި ވަނީ އޮކްޓޫބަރު ހިސާބުގައެވެ. އެއީ 660 ކޭސްއެވެ.
މިއަހަރުގެ އޭޕްރީލް މަހު ޑެންގޫ ހުން އިތުރުވިއިރު ވައިރަލް ފީވާވެސް ވަނީ މިދިޔަ މަހު އިތުރުވެފައެވެ. މިދިޔަ މަހު ވައިރަލްހުން އައިސްގެން 11،603 ކޭސްއެއް ރިޕޯޓު ކޮށްފައިވެއެވެ.
އެހެންނަމަވެސް އަރިދަފުސް ރޯގާ އާއި ބޭރަށް ހިނގުން މިއަހަރުގެ އެހެން މަސްތަކާއި އަޅާ ބަލާއިރު ކޮންމެވެސް ވަރަކަށް މިދިޔަ މަހު ވަނީ މަދުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ