ކުވެއިތު ފަންޑުގެ ދަށުން ރާއްޖޭގެ ހަތް ރަށެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ކުވެއިތު ފަންޑުގެ ދަށުން ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ.ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މީގެތެރެއިން ހަނިމާދޫ އާއި މާމިގިއްޔާއި ފެލިދޫ އަދި ވިލުފުށީގެ ހޮސްޕިޓަލް އެޅުމަށް ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ބާކީ ހުރި ރަށްތަކުގެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އާނަންދު ބިލްޑް ޓެކް ޕްރައިވެޓް ލިިމިޓެޑާއެވެ.
[caption id="attachment_51332" align="alignnone" width="1536"] ހޮސްޕިޓަލުތައް އެޅުމަށް ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ——[/caption]
ތިރީސް އެނދުގެ މި ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއ،ި އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލުތަކެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫއު އަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ