“މެރިޓް ސްކޮލާޝިޕް” ގެ ނަމުގައި މުޅިން އާ ސްކޮލާޝިޕެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރުމަށް އަދިވެސް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
[caption id="attachment_51351" align="alignnone" width="1280"] ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް[/caption]
“އެއީ މެރިޓް ސްކޮލަޝިޕްގެ ނަމުގައި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަލަށް ފެށުމަށް ސަރުކާރުން ގަސްދުކުރާ ސްކޮލަޝިޕް ސްކީމެއް،” ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ “މެރިޓް ސްކޮލަޝިޕް” ލިބޭނީ، ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލާޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް ކަމަށެވެ.
”މިއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް އަޅުގަނޑުމެން ހާއްސަކުރާ ސްކޮލަޝިޕެއް،” ރައީސް ވިދާޅުވިއެވެ.
[caption id="attachment_51349" align="alignnone" width="1280"] ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް[/caption]
އެ ސްކޮލާޝިޕް ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހާސިލްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ހާސިލްކުރި 17 ދަރިވަރުންނަށް ރައީސް ވަނީ ލިޔުން ދެއްވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި 138 ދަރިވަރުންނަށް ވެސް ލިޔުން ހަވާލުކުރާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ