ރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅެވޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ފާމެއް އެގްރިކަލްޗާ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ޕޯލްޓްރީ ފާމުގައި ގެންގުޅުމަށްޓަކައި ޕޯލްޓްރީ ދޫނި އެތެރެކުރުމަށްޓަކައި އެ މިނިސްޓްރީން ދޭ ހުއްދައިގެ ދަށުން އޮސްޓްރިޗް ނުވަތަ (ގިނިކާމާދޫނި) ފަދަ ބޮޑެތި ދޫނި އެތެރެކޮށް އޭގެ ދިރޭ ދޫނި ވިއްކަމުން ގެންދާތީ އާއި އަދި ބައެއް ފަރާތްތަކުން އެފަދަ ދޫނި ގަނެގެން ޕެޓުގެ ގޮތުގައި ގޭތެރޭގައި، މީހުންގެ ތެރޭގައި ގެންގުޅޭކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެފަދަ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ވެސް މީސްމީޑިއާ އިން ފެންނަމުންދާ ކަމަށެވެ.
ޕޯލްޓްރީ ދޫންޏަށް ހުއްދަ ދެނީ ޕޯލްޓްރީ ދޫނި ގެންގުޅުމަށް ކަނޑައޅާފައިވާ މިންގަނޑުތަކަށް ފެތޭ ޕޯލްޓްރީ ފާމުތަކުގައި ގެންގުޅުމަށް ކަމަށާއި އެ މިންގަނޑުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޖަނަވާރު ގެންގުމުގައި ބައިނަލްއަގުވާމީ ގޮތުން އާލާކުރާ ދުޅަހެޔޮކަމުގެ މިންގަނޑުތަކާއި (އެނިމަލް ވެލްފެއާ) ހަޔަވީ ރައްކާތެރިކަމުގެ (ބައޯ ސެކިއުރިޓީ) މިންގަނޑުތަކުގެ މައްޗަށް ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން އާއްމުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި އެފަދަ ދޫނި ގެންގުޅޭއިރު އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަކެތި ގެންގުޅެން ޖެހެނީ އާއްމުން ދިރިއުޅޭ ގެތަކާ އެކަހެރިކޮށް، އެކަމަށް ކަނޑައެޅޭ ފާމުތަކުގައި ކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އެހެންކަމުން މިއަދުން ފެށިގެން ޒިރާއި ބޭނުންތަކަށް ދިރޭ ޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވްސްޓޮކް) އެތެރެ ކުރުމަށް އެ މިނިސްޓްރީން ހުއްދަ ދޫކުރާނީ، އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
މިފަދަ އިއުލާނެއް އެ މިނިސްޓްރީން ނެރެފައި މިވަނީ ހުއްދަ ނަގައިގެން ރާއްޖެ އެތެރެ ކޮށްފައިވާ އޮސްޓްރިޗު ބިހެއް ބޮޑުކޮށްގެން ގެއެއްގެ ތެރޭގައި، ޕެޓެއްގެ ގޮތުގައި މީހަކު އެ ގެންގުޅޭކަން ހާމަވުމާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ