ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހިންގަވަމުން އަންނަ “ފިކުރެއްގެ ދިރުން” ހަރަކާތުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީގެ މެންބަރުކަމުން ވަކިވެއްޖެއެވެ.
އެ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް މިކަން “ހަތާވީސް” އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އަދި ވިދާޅުވީ އެކަމުގެ އިތުރު ތަފްސީލުތައް މިއަދު ހިއްސާ ކުރައްވާނެ ކަމަށެވެ.
ނަޝީދުގެ “ފިކުރެއްގެ ދިރުން” ހަރަކާތުގައި އެމަނިކުފާނަށް ވަފާތެރި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ. މަޖިލިސް މެންބަރުންގެ ތެރެއިން އެމްޑީޕީން ވަކިވެފައި ވަނީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ހިމެނެއެވެ.
”ފިކުރެއްގެ ދިރުން” ހަރަކާތުގެ އިސް ބޭފުޅުންތަކެއް އެމްޑީޕީން ވަކިވެފައި މިވަނީ މެދު ހެންވޭރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ އާޒިމް އެޕާޓީން އިއްޔެ ވަކި ކޮށްފައި ވަނިކޮށެވެ. އަދި ބައެއް އެހެން މެންބަރުންނަށް އެންމެ ފަހުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އެއީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
އަލީ އާޒިމް އެމްޑީޕީން ވަކިކުރީ، ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއިކުރި މައްސަލާގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ