ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅި މައްސަލަ ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު "ހަތާވީސް" އަށް ވިދާޅުވީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅިފައިވާ އެ މައްސަލަ އަށް ވޯޓަށް އެހުމުން، އީވާ ވަކި ކުރުމަށް ޕީޖީގެ ތާއީދު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ސީދާ ތާރީހެއް އަސްލަމެއް ވިދާޅެއް ނުވެއެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމުން އީވާ ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީން ނިންމިއިރު އޭނާ އިއްޔެ ވަނީ އެޕާޓީން ވަކިވެފައެވެ. ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އީވާ އާއި އަދި ނަޝީދަށް ތާއީދުކުރާ ބައެއް އެހެން މަޖިލިސް މެންބަރުންނާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީވާ ވަނީ މަޖިލިސް ނާއިބު ރައީސްކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އީވާ އެމްޑީޕީގެ ދަފްތަރުން މިހާރު އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އުނިކޮށްފައެވެ. އަދި އެ ކޮމިޝަނުން މިހާރު ވަނީ އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް އަންގައިފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވަނީ އެމްޑީޕީ އުފެއްދީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ވަރަށް އުއްމީދާއެކުގައި ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ އެމްޑީޕީ އުފެއްދި މަގުސަދާއި މުޅިން ހިލާފަށް މަސައްކަތްތައް ކުރެވެމުން އަންނަތަން ކަމަށާއި އޭނާ ގަބޫލްކުރަމުން އައި އަސާސްތައް އެމްޑީޕީން މިއަދު ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ