އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެ ޕާޓީގެ 12 މަޖިލިސް މެމްބަރުން އެމްޑީޕީން ވަކިކުރުމަކީ "ރިހޭ ދަތެއް، ހެނދުނު ވެއްޓުން" ފަދަ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން އިއްޔެ ވަކިވި 12 މެމްބަރުންނަކީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެމްޑީޕީގެ ސަރުކާރަށް އެއްބާރުލުން ދެއްވި މެމްބަރުން ނޫން ކަމަށާއި އެ މެމްބަރުން ވަކިވުމުން ކަންބޮޑުވުމެއް ނެތް ކަމަށެވެ. އެ މެމްބަރުންނަކީ ވަކި ބޭފުޅެއްގެ އަތުގައި ސިޔާސީ ބާރުވެރިކަން އަބަދު އޮތުމަށް ތާއިދު ކުރާ މެމްބަރުންތަކެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިހްސާސަކީ ވަރަށް ބޮޑަށް ރިހޭ ދަތެއް، ހެނދުނު ހޭލިއިރު ވެއްޓިފައި އޮތް އިހްސާސް. އެހެންވީމަ އަޅުގަނޑުމެންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް އެކަމުގައި،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި އަބަދު އެއް ބަޔަކު ތިބެންޖެހޭނެ ކަމަށް ބަޔަކަށް ގަބޫލު ކުރެވިގެން ނުވާނެ ކަމަށާއި އެމްޑީޕީގެ ސިޔާސީ ހަރުގަނޑުން އެހެން މީހުންނަށް ވެސް މައްޗަށް އެރެންޖެހޭނެ ކަމަށެވެ.
އެމްޑީޕީ ކުރިއަށްދާނީ ވަކި ބޭފުޅެއްގެ މައްޗަކަށް ނޫން ކަމަށާއި މީގެ ކުރިން ވެސް އެމްޑީޕީއަށް ވަރުގަދަ ލީޑަރުންނާއި އެކްޓިވިސްޓުން "އައިސް ގޮސް ވެއްޖެ" ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ނަޝީދާ އެކު އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ޕާޓީން ވަކިވެގެން ދިއުމުން ޕާޓީއަށް އަސަރު ކުރާނެ ކަަމަށާއި ނަމަވެސް ޕާޓީއަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ދިވެހި ރައްޔިތުން މި ޕާޓީ ބަލައިގެންފައި އޮތީ ޑިމޮކްރަޓިކް ޕާޓީއެއްގެ ގޮތުގައި. ދިވެހިރާއްޖެއަށް ބަދަލުތަކެއް ގެންނަ ޕާޓީއެއްގެ ގޮތުގައި. ވަކި މީހަކަށް ކޮންމެހެން ބަރޯސާވެގެނެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.
"މީގެ އެންމެ ރަނގަޅު ގޮތަކީ ބަދަލާއެކު ބަދަލުވާން ދަސްކުރުން. ބަދަލާއެކު ފަހަތަށް ޖެހެން ދަސްކުރުން،"
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ