ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް މެންބަރުން އިތުރު ކުރުމާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ މެނިފެސްޓޯ އަށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން މައުލޫމާތު ހޯދާ، އެ މައުލޫމާތުތައް އެއް ކުރުމަށް އެޕާޓީގެ މެންބަރުންތައް ރަށްރަށަށް މިއަދު ފުރައިފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ މިއަދު އެކަނި އެޕާޓީގެ 400އެއްވަރު ގިނަ މެންބަރުން ރަށްރަށަށް ފުރާނެ ކަމަށެވެ. އަދި މިއަދު ރަށްރަށަށް ފުރައިގެންދާ މެންބަރުންނާއި އަތޮޅު ތެރެއިން ޕާޓީގެ މެންބަރުންނާއި ގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
[caption id="attachment_51465" align="alignnone" width="2048"] އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---[/caption]
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ 1000 އެއްހާ މީހުން އުޅޭނެ ކަމަށެވެ. އަދި ވިދާޅުވީ މާދަމާ ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ދިދައެއް ނަގާނެ ކަމަށާއި ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ކުރިޔަށް ގެންދިއުން ވެސް އޮންނާނެ ކަމަށެވެ.
މި ދަތުރުތަކުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން މަސައްކަތް ފެށިއިރު ޕާޓީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާއްމު މެންބަރުންތައް އަންނަނީ އެމްޑީޕީން ވަކިވަމުންނެވެ. އެހެންނަމަވެސް އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.
[caption id="attachment_51466" align="alignnone" width="1122"] މެނިފެސްޓޯ އަށް މައުލޫމާތު އެއްކުރުމަށް އެމްޑީޕީގެ ޓީމުތައް ރަށްތަކަށް ---[/caption]
ވަކިވި މެންބަރުން އަންނަނީ މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ޕާޓީގެ ނަމަކީ ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ހަރަކާތުގެ ނަން ކަމަށްވާ "ފިކުރެއްގެ ދިރުން" އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ