ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ ފްލެޓުތައް އާބަންކޯއާ ހަވާލު ކުރުމަށް އަންގައިފިއެވެ.
އާބަންކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި، އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށާއި އަދި 10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލު ކުރުމަށާއި ފްލެޓު ހަވާލުކުރާއިރު އެތަން ކުރިން ހުރި ގޮތަށް އިޔާދަކުރުމަށް ވެސް އަންގާފައި ވާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
”މިކަން މިގޮތަށް ކޮށްފައި ނުވާތީ، 14 ދުވަސް ތެރޭގައި އެ ކޯޕަރޭޝަނަށް ފުލެޓް ހަވާލު ކުރުމަށް މިއަދު ވަނީ ވެރިފަރާތްތަކަށް އަނގާފައެވެ” އާބަންކޯ އިން ބުންޏެވެ.
އާބަންކޯގެ ޕަބްލިކް ރިލޭޝަން މެނޭޖަރ އަހުމަދު މިމްރާހު މީގެކުރިން މި ނޫހަށް ވިދާޅުވީ އެކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ އެޕާޓްމަންޓްތައް ދެނެގަނެވި، އެކަންކޮށްފައިވާ ގޮތް ބަލާފައިވާ ކަަމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިމްރާހު ވިދާޅުވީ ފާރު ތަޅާލައި ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް އެތަން ބަދަލުކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ