ދުނިޔެއަކީ އަރާރުން ވާންޖެހޭ ތަނެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ދުނިޔެ އަކީ އެއް ބަޔަކު އަނެއް ބަޔަކު އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށެވެ.
މާތް ރަސްކަލާނގެ ހަޞްރަތުގައި ދުނިޔެ އަކީ، މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ރުޅިމަޑުކަމަކީ މާތް ރަސްކަލާނގެ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ސިފައެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އެކަމަކު މިހާރު ފެންނަނީ އެކަކު އަނެކަކަަށް ބަދަލު ހިފުމުގެ ރޫހު ކަމަށް ވެސް ހުތުބާގައިވެއެވެ.
ހުތުބާގައި ވަނީ ރުޅި މަތަކުރާ މީހުންނަށާއި، އިހްސާންތެރީންނަށް ހުރި ދަރަޖައިގެ ވާހަކަތައް ކީރިތު ގުރުއާނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އެއްވެސް މީހެއްގެ އަމިއްލަ ޝަހުސީ އެއްވެސް ކަމެއްގައި ރުޅި އިސްކޮށްގެން ނުވާނެ ކަމަށާއި އަދި ގަނެ ވިއްކުމުގެ މުއާމަލާތްތަކުގައި ވެސް ރުޅި އިސް ނުކުރުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ.
ހުތުބާގައި ވަނީ ކީރިތި ރަސޫލާއަކީ އެކަލޭގެފާނުގެ ޝަޚްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއް ނޫންކަން ފާހަގަކުރައްވައިފައެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި