ރައްޔިތުންގެ މަޖިލީހުހެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި “ފިކުރެއްގެ ދިރުން” އިން ހެދުމަށް ނިންމާފައިވާ ސިޔާސީ ޕާޓީ އަށް ކިޔާނެ ނަމަކާއި ލޯގޯ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާގެ އިރުއޮއްސި 6:00އާއި ހަމައަށެވެ.
ފިކުރެއްގެ ދިރުމުން އާ ސިޔާސީ ޕާޓީއެއް ހަދާނެކަން އިއުލާން ކުރެއްވީ ބޮޑުފެންވަޅުގޭގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާއެވެ.
އެ ޕްރެސް ކޮންފަރެންސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސިޔާސީ ޕާޓީ ހެދުމުގެ އިދާރީ ކަންކަން ފުރިހަމަކޮށް، ޕާޓީ ހެދުމަށްޓަކާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
“ފެށޭ ހަފްތާ ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު، ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު ހުށަހަޅައި އަދި އޭގެ ފަހުން ހޯދަންޖެހޭ 3،000 ފޯމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނަން،” އިލްޔާސް ލަބީބު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތައް އެމްޑީޕީން ވަކިވެ ސިޔާސީ ޕާޓީއެއް ހަދާއިރު ނަޝީދު ހުންނެވީ އަދިވެސް އެމްޑީޕީގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ