ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތައްކުރުވާ "ފަންނުގެ ދަރިން" ޖަމިއްޔާއާއި، އަރބަންކޯ ގުޅިގެން ހުޅުމާލެ، އަދި ކުޑަގިރީގައި ހުނަރުވެރިންގެ ފަންނު ދައްކައިދިނުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން 27 ވަނަ ސެޝަން މި ހަފްތާ ބަންދުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ސެޝަންތަކުގެ ތެރެއިން މި މަހުގެ ސެޝަން ބާއްވަން ތާވަލްކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 22:00އާ ހަމައަށެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލެގެ ދިރާގު ބީޗް ސަރަހައްދުގައެވެ.
މި ކުންފުނިން ފަންނުގެ ދަރިން ޖަމިއްޔާއާއި ގުޅިގެން ބާއްވަމުންދާ މި ސެޝަންތަކަކީ ރާއްޖޭގައި ތިބި ހުނަރުވެރިންގެ ފަންނުވެރިކަމާއި ޘަޤާފަތް ދައްކުވައިދޭގޮތަށް ކޮންމެ މަހަކު ބާއްވާ ސެޝަންތަކެކެވެ. އެގޮތުން މި ސެޝަންތައް ކުރިއަށްގެންދަނީ އެކި ފަންނުވެރިންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޯލްތަކާއި، ދިވެހި މިއުޒިކް ބޭންޑުތަކުގެ ލައިވް މިއުޒިކާއި އެކުގައެވެ.
ދެހާސް ނަވާރަ ވަނަ އަހަރުވެސް ފަންނުގެ ދަރިން ޖަމިއްޔާގެ ފަރާތުން މި ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، މި ސެޝަންތައް މެދުކަނޑަލާފައި ވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް މި ސެޝަންތައް ފަށައި، އެޗްޑީސީއާއި އެކު އެއްބަސްވުމަކަށް އައިސްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. މި ކުންފުންޏާ ގުޅިގެން ބޭއްވި ފުރަތަމަ ސެޝަން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ސެންޓްރަލް ޕާކުގައެވެ.
އާބަންކޯ އިން ބުނީ އެ ކުންފުންޏަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކާއި، ހުނަވެރި ފަންނުވެރިންގެ މަސައްކަތަށް އެއްބާރުލުންދީ އެ ހުނަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެއްބާރުލުންދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.
އެގޮތުން ފަންނުގެ ދަރިން ސެޝަންއަކީ ވެސް އެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެކުންފުނިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ