މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގހައި 539 އެކްސިޑެންޓު ހިނގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ އިދާރާ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ މާލެ ސިޓީގައެވެ. އެއީ 516 އެކްސިޑެންޓެވެ. އައްޑޫ ސިޓީގައި ހަ އެކްސިޑެންޓު ހިނގާފައިވާއިރު ފުވައްމުލަކު ސިޓީގައި 9 އެކްސިޑެންޓު އަދި ކުޅުދުއްފުށި ސިޓީގައި ތިން އެކްސިޑެންޓު ހިނގާފައިވެއެވެ.
އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ތަކުން ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސައިކަލުން ޖެހި ހިނގާފައިވާ އެކްސިޑެންޓުތަކުގެ އަދަދަކީ 317 އެވެ.
ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހިނގާދިޔަ އެކްސިޑެންޓުތަކުގައި 77 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓްރެފިކް ވައިލޭޝަންއާ ހިލާފުވެގެން ފުލުހުން ގިނަ ބަޔަކަށް ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ލައިސަންސް ނެތި ވެހިކަލް ދުއްވި 824 މީހަކު ހިފަހައްޓާފައިވާއިރު ލައިސަންސް އޮވެމެ، އެކަމަކު ލައިސަންސް ނުލާ ވެހިކަލް ދުއްވައިގެން 153 މީހަކު ހިފަހައްޓާފައިވެއެވެ. 284 މީހެއްގެ ލައިސަންސް ސަސްޕެންޑު ކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ