ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ފުލަށް، މިފަހަރުވެސް މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ހިނގައްޖެއެވެ. ސިޔާމަކީ އާއްމު ގޮތެއްގައިވެސް މަޖިލީހުގެ ހާޒިރީ އެންމެ ދަށް ބޭފުޅުންގެ ލިސްޓުގެ ކުރީގައި މީގެކުރިންވެސް ހިމެނޭ ބޭފުޅެކެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގައި ސިޔާމް ވަޑައިގެންނެވީ ހަތަރު ޖަލްސާއަކަށެވެ. ފުރަތަމަ ދައުރު ކުރިއަށް ދިޔައީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 27 އަށެވެ. މުޅި ޖުމްލަ 37 ޖަލްސާ ބޭއްވިއިރު މީގެ ތެރެއިން 33 ޖަލްސާ އަށް ސިޔާމް ވަޑައިގެންފައެއް ނުވެއެވެ.
އެގޮތުން ފެބްރުއަރީ މަހު 8 ޖަލްސާއަށް ސިޔާމް ވަަޑައިނުގަންނަވައެވެ. އަދި މާޗު މަހު 12 ޖަލްސާ ހާޒިރުވެފައިނުވާއިރު، މިދިޔަ އޭޕްރީލް މަހު ބޭއްވި އެއްވެސް ޖަލްސާއަކަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.
ސިޔާމްއާ އެންމެ ގާތުން އަބަދުވެސް ހާޒިރީގައި ފުލުގައި ދެން އުޅުއްވާ ބޭފުޅަކީ މާމިގިލި ދާއިރާގެ މެންބަރު އަދި މަހުޖަނު ގާސިމް އިބްރާހީމެވެ. ފުރަތަމަ ތިން މަސް ދުވަހު ގާސިމް ވަޑައިގެންނެވީ 14 ޖަލްސާއަކަށެވެ. ތޭވީސް ޖަލްސާއަކަށް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ނިމިދިޔަ ދައުރު ހާޒިރީ ދަށް އެހެން މެންބަރުން:
 	ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން (11 ޖަލްސާ އަށް ވަކި އެއްޗެއް ނާންގާ ހާޒިރުނުވޭ)
 	ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ (10 ޖަލްސާ އަށް ވަކި އެއްޗެއް ނާންގާ ހާޒިރުނުވޭ)
 	ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް (13 ޖަލްސާ އަށް ވަކި އެއްޗެއް ނާންގާ ހާޒިރުނުވޭ)
 	ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (13 ޖަލްސާ އަށް ވަކި އެއްޗެއް ނާންގާ ހާޒިރުނުވޭ)
ހާޒިރީ ރިޕޯޓު ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދައުރުގެ 37 ޖަލްސާ އަށް ހާޒިރުވީ އެންމެ ފަސް މެންބަރުންނެވެ. އެއީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								