ރައްޔިތުންގެ މަޖިލީހުހެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި “ފިކުރެއްގެ ދިރުން” ފެކްޝަނުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީ ހެދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފެއްދުމަށް ހުށަހެޅި މި ސިޔާސީ ޕާޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ ހުއްދަ އަކަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ ނަމުގައެވެ. ހަސަން ލަތީފާއެކު އިލެކްޝަންސް ކޮމިޝަނަށް، "ފިކުރެއްގެ ދިރުން" ގެ އިސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.
އެހެންނަމަވެސް މި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނިވަޑައެއް ނުގަންނަވައެވެ.
[caption id="attachment_51609" align="alignnone" width="1280"] ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އަކަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް "ފިކުރެއްގެ ދިރުން" ގެ ބޭފުޅުން އީސީ އަށް ވަޑައިގެން ---[/caption]
ފިކުރެއްގެ ދިރުމުން އާ ސިޔާސީ ޕާޓީއެއް ހަދާނެކަން އިއުލާން ކުރެއްވީ ބޮޑުފެންވަޅުގޭގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާއެވެ.
އެ ޕްރެސް ކޮންފަރެންސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ސިޔާސީ ޕާޓީ ހެދުމުގެ އިދާރީ ކަންކަން ފުރިހަމަކޮށް، ޕާޓީ ހެދުމަށްޓަކާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
“ފެށޭ ހަފްތާ ތެރޭގައި އިދާރީ މަސައްކަތް ނިންމުމަށްފަހު، ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް އެދޭ ފޯމު ހުށަހަޅައި އަދި އޭގެ ފަހުން ހޯދަންޖެހޭ 3،000 ފޯމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ ސިޔާސީ ޕާޓީގެ ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނަން،” އިލްޔާސް ލަބީބު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތައް އެމްޑީޕީން ވަކިވެ ސިޔާސީ ޕާޓީއެއް ހަދާއިރު ނަޝީދު ހުންނެވީ އަދިވެސް އެމްޑީޕީގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ