ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސް ބިލާއެކު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް 14 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނެފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ލިސްޓެއް ވަނީ އާއްމު ކޮށްފައެވެ. މުޅިން އަލަށް ހަތަރު ބިލެއް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެ ލިސްޓުގައިވެއެވެ.
އެއީ ހައްޖާއި އުމްރާގެ ބިލާއި ފޮރިން އިންވެސްޓްމަންޓުގެ ބިލާއި ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސް ބިލުގެ އިތުރުން ޒަކާތުގެ ބިލެވެ.
މަޖިލީހުގެ މި ދައުރުގެ ތެރޭގައި ޖުމްލަ 10 ގާނޫނަކަށް އިސްލާހު ހުށަހެޅުމަށް ވެސް ވަނީ ނިންމައިފައެވެ. އޭގެތެރޭގައި ބޮޑެތި ގާނޫނުތައް ވެސް ހިމެނެއެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި ގޭންގު ކުށްތަކާއި ބެހޭ ގާނޫނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ހިމެނެއެވެ. އަދި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ގާނޫނަށް ވެސް އިސްލާހު ގެނައުމުގެ ބިލެއް މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި