ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނާ މީހަކު ހިފަހައްޓައި، އޭނާގެ ގައިގައި ދަވާދުލައި އަނިޔާކުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ވައްކަން ކުރި ކަމަށް ބުނާ މީހަކު ހިފަހައްޓައި އަނިޔާކުރީ މާފަންނު އައިޓަަމްސް ފިހާރަ ސަރަހައްދުންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އޭނާގެ ޓީޝާޓު ބޭލުމަށްފަހު އޭނާގެ ބޮލަށާއި މުޅި ގައިގައި ދަވާދުލާ މަންޒަރު ފެނެއެވެ. އަދި ކޮޅުފައިން އޭނާގެ ގައިގައި ޖަހައި، އަނިޔާކުރާ މަންޒަރު ވެސް ފެނެއެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުން، ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓް ލިބިގެން ފުލުހުން ރޭ އެ ސަރަހައްދަށް ދިޔައިރު، އޭނާއަށް އަނިޔާކުރ ިމީހުން އެތަން ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖުތައް ބަލައި، ވައްކަން ކުރި ކަމަށް ބެލެވޭ މީހާއާ މެދު އެ އަމަލު ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް، ރާއްޖޭގައި މަގުމަތިން މިފަދަ ކަންކަން ކުރުން ވަނީ އާންމުވެފައެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ބައެއް މީހުން ހިފަހައްޓައި އަނިޔާކޮށް، ލާއިންސާނީ އަމަލު ހިންގުން ތަކުރާރުވަމުންދިޔަ ނަމަވެސް، ފުލުހުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އަދި އެފަދަ ލާއިންސާނީ އަމަލު ހިންގާ މީހުންނާމެދު ފުލުހުން މިހާތަނަށް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								