ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން އިއްޔެ ނީވުނު އަޑެއް ކުއްލިއަކަށް އިވެން ފެށުމުން އެކަމާއި ރައްޔިތުން ވިސްނާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ މިއަދު ބައެއް މެންބަރުން މަޖިލީހުގައި ވާހަކަދައްކަވާއިރު އެ މެންބަރުންގެ މުޅި ހަޔާތް ރައްޔިތުންނަށް ގުރުބާން ކުރަންވެސް ހުންނެވީ ތައްޔާރަށް ކަމަށް ހީވާ ކަމަށެވެ.
”އެކަމަކު އެއީ ހަގީގަތްތޯ ވެސް ރައްޔިތުން ސުވާލު ކުރާނެ އިއްޒަތްތެރި ރައީސް. އިއްޔެ ނީވުނު އަޑެއް މިއަދު އިވެން ފެށީމާ އެކަމާ ރައްޔިތުން ވިސްނާނެ އިއްޒަތްތެރި ރައީސް،” ގަޕޯ ވިދާޅުވިއެވެ.
އެގޮތަށް ވާހަކަދައްކަވާ މެންބަރުން ހީކުރާ ގޮތަށް ކަންކަން ނުވާނެ ކަމަށާއި ދިވެހި ރައްޔިތުން ތިބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކަމަށް ގަޕޯ ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށާއި މި ސަރުކާރަކީ އިހުލާސްތެރިކަމާއެކި ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް ކަމަށް ގަޕޯ ވިދާޅުވިއެވެ.
މިއަދު ސަރުކާރުގެ ކަންކަން ގޯސްވެގެން ވާހަކަދައްކާ މެންބަރުން މީގެކުރިން އެ ވާހަކަ ނުދައްކަވާތީ ގަޕޯ ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އިހުލާސްތެރި ކަމެއް އެ މެންބަރުންގެ ކިބައިގައި ހުރި ނަމަ އެ ދުވަހު ވެސް އެ ވާހަކަތައް ދައްކާނެ ކަމަށެވެ.
”ހަތަރު އަހަރު ގޯސްނުވި ސަރުކާރެއް ގޯސްވެ، އިންތިހާބަކަށް ވާދަކުރަންވީމާ މިތަނުން ބަޔަކު ގޮވައިގެން ނިކުމެ މިއަދު ސަރުކާރާ ދިމާލަށް އެއްޗެހި ކިޔަންވީމާ އެކަން ރައްޔިތުން ގަބޫލެއް ނުކުރާނެ،” ގަޕޯ ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން”ގެ މެންބަރުން އެމްޑީޕީން ވަކިވެ އާ ޕާޓީއެއް ހަދަން ނިންމާފައި ވާތީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ގަޕޯ ވިދާޅުވީ އެމްޑީޕީ އިން އަބަދުވެސް ކަންކަން ކުރަނީ އިންސާފުން ކަމަށެވެ.
ނަމަވެސް ބަޔަކަށް އެއީ އެމީހުން ގަބޫލުކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް މިއަދު ފެނިގެން، އާ ޕާޓީއެއް ހަދައިގެން ނިކުމެ، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ނިކުތުމުން އެމްޑީޕީގެ މެންބަރުން އެކަން ގަބޫލު ނުކުރާނެ ކަމަށް ގަޕޯ ވިދާޅުވިއެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								