ސިވިލް އިންޖިނިއަރިން ޕްރޮގްރާމުތަކުގެ އެކަޑަމިކް ސްޓޭންޑަޑް އެކުލަވާލުމަށް ހައުސިން މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން ޑިވެލޮޕްމަންޓް ޑިޕާޓުމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ތަލްހަތެވެ.
ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު އިބްރާހީމް ޝަރީފެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ޑިޕްލޮމާ އާއި އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ރާއްޖޭގައި ހިންގާ ސިވިލް އިންޖިނިއަރިން ޕްރޮގްރާމުތަކުގެ އެކަޑަމިކް ސްޓޭންޑަޑް އެކުލަވާލެވިގެން ދާނެ ކަމަށެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި