މާލޭގެ ގެއެއްގައި ގްރީންހައުސް ފާމެއްގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، މެރުއާނާ ގަސް ހައްދައިގެން އޭގެއިން ވިޔަފާރި ކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މާލެ ދަފްތަރު، މުހައްމަދު ޝަމްއޫން ނަމަކަށް ކިޔާ މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ، ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް އެކަށީގެންވާ މިންވަރަށް ހެކި ހުރި ކަމަށެވެ. އޭނާ ދިރިއުޅޭ ތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އެގޮތުން ބަލާ ފާސް ކުރެވުނު ތަނުން 76،000 ރުފިޔާ ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ތަން ބަލާ ފާސް ކުރެވުނުއިރު ހަދާފައިވާ އާޓްފިޝަލް ފާމެއް (ގްރީންހައުސް)ގެ ތެރޭގައި މެރުއާނާ (މަސްތުވާތަކެތީގެ ބާވަތެއް) ދެ ގަސް ފެނިފައިވާ ކަމަށްވެއެވެ.
މީނާގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ