ސައްހަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު މަނީ ލޯންޑަރިން އަދި ކައުންޓާ ޓެރަރިޒަމްފަދަ ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފިއެވެ.
މ. މޮޑަންހައުސް އުމުރުން 28 އަހަރުގެ އަހްމަދު ނަޒީހް އިސްމާއީލް ނަމަކަށް ކިޔާ އެ މީހާ ހައްޔަރު ކުރީ ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ގަތް މައްސަލައެއްގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަސް ޖަހައިފައެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަކަރާއި ހީލަތް ހެދުމާއި ފޯޖު ކުރުމާއި މަނީ ލޯންޑަރިން އަދި ކައުންޓާ ޓެރަރިޒަމްގެ ތުހުމަތެވެ. ކޯޓުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް، އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ.
އެގޮތުން އޭނާ ގަންނަން ދިޔަ ފޯނާ އޭނާ ހަވާލުވާ ތަނުގެ ވީޑިއޯ ފުލުހުންގެ އަތުގައި އެބަހުއްޓެވެ. އަދި އެ ފޯނު ގަތުމަށް އޭނާ ދިން ވަގު ޑޮލަރުތަކުގެ ނޫޓުތައް ވެސް ފުލުހުންގެ އަތުގައި އެބަހުއްޓެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯޓުން ވަނީ އޭނާ ބަންދު ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ