ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރުކުރި އައްބާސް އާދިލް ރިޒާ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އޭނާ ކޯޓަށް ހާޒިރުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ، ފުލުހުން މިއަދު ވަނީ އޭނާ ހޯދުމަށް ފޮޓޯ އާންމުކޮށްފައެވެ. މިއަދު މެންދުރުފަހު 2:30ގައި ބޭއްވުމަށް ނިންމާފައިވާ އަޑުއެހުމަކަށް އޭނާ ހާޒިރުކުރަންޖެހެއެވެ.
އައްބާސްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ އައްބާސްގެ ނަމުގައި ހިންގަމުން އަންނަ ޓްވީޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި އެގޮތުން އެކަމުގެ ބަދަލު ހިފުން ފުރަތަމަ ފެށުމަށް އޭނާ އަށް ފެންނަނީ އިންޑިއާ އެމްބަސީން ކަމަށެވެ.
ގާނޫނުލްއަގޫބާތުގެ ދަށުން އޭނާގެ މައްޗަށް ކޮށްފައިވާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލެވޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ