ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުން "ގޮތެއް، ފޮތެއް" ނެތިގެން މަޖިލީހުގައި ވާހަކަދަކަމުންދާ ކަމަށާއި އެ މެމްބަރުން އެގޮތަށް ވާހަކަ ދައްކަނީ ގޮތް ހުސްވެގެން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަފޫރު އެހެން ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތު ރައީސް ސާލިހުގެ އިސްތަށިފުޅުގައި އަޅުވައި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި މިއަދު ދެއްކި ވާހަކަތަކަށް ގުޅިގެންނެވެ.
ގަފޫރު ވިދާޅުވީ ރައީސް ސާލިހަކީ މީހަކު މަރާލަން މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ދިވެހި އެންމެންނަށް އެނގޭނެ ކަމަށެވެ.
"ދިވެހި އެންމެންނަށް ވެސް އެނގޭ، ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ މީހަކު މަރާލަން މަސައްކަތް ކުރާނެ މީހެއް ނޫންކަން. މިއަދު އެ އިލްޒާމު ވެސް އަޅުވަމުން ތި ގެންދަވަނީ. ލަދުހަޔާތް ކޮބައިތޯ؟ ކޮންމެ ވެސް ގޮތެއް ފޮތެއް ހުންނަންޖެހޭނެ،" ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޖީ)ގައި ކުރިން އުޅުއްވި ޣަފޫރު މަޖިލީހުގައި މިއަދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ތިން މަހަށްވެފައި ވަނިކޮށް، އެމްޑީޕީން ވަކިވެ، ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް"ގެ މެމްބަރުންނަށް އިޝާރާތްކޮށް، ގަފޫރު ވިދާޅުވީ ރިޔާސީ އިންތިހާބަކަށް ނުކުންނައިރު، އިހްލާސްތެރިކަމެއް ހުންނަންޖެހޭނެ ކަމަށެވެ.
https://twitter.com/hathavees/status/1661454337997172736?s=20
ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ މަޖިލީހުން ބެލި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގެ މެމްބަރުކަން ވެސް ކުރައްވާ ގަަފޫރު ވިދާޅުވީ އެ ކޮމެޓީން އެ މައްސަލަ ބެލިއިރު، ރައީސް ސާލިހުގެ ބައިވެރިވުމެއް އެކަމުގައި ނެތް ކަމަށެވެ.
"ދޮގު ހަދަން ވެސް އޮންނަންޖެހޭނެ ހައްދެއް، ހުދޫދެއް. ތި ތިބީ މޮޔަވެފަ ރަނގަޅަށް. ގޮތް ހުސްވެފައި،" މަޖިލީހުގެ މެމްބަރުކަމުގައި 14 ވަނަ އަހަރު ހޭދަ ކުރައްވަމުން ގެންދަވާ ޣަފޫރު ވިދާޅުވިއެވެ.
މަސްވެރިންނާއި ދަނޑުވެރިންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށް ނަޝީދު ފެކްޝަންގެ މެމްބަރުން ވިދާޅުވާން ފެށުމުން ޣަފޫރު ވިދާޅުވީ ނަޝީދުގެ މެމްބަރުންނަށް ސަރުކާރު މިއަދު ގޯސްވެއްޖެ ކަމަށާއި ކުއްލި އަކަށް އެ ވާހަކަ ދައްކަނީ ރިޔާސީ އިންތިހާބަށް ވޯޓު ހޯދުމަށް ކަމަށެވެ.
"އެއީ ވަރަށް ސާފު ކަމެއް. ހަތަރު އަހަރު ވެގެންދިޔައިރު އޯކޭވި ސަރުކާރެއް، މިއަދު [އޯކޭއެއް] ނުވި،" ނަޝީދުގެ މެމްބަރުންނަށް އިޝާރާތްކޮށް، ގަފޫރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަކީ މީހުން މަރާ މީހުންނަށް ވެއްޖެ. އަޅުގަނޑުމެންގެ އަތުގައި ލޭ ހުރި މީހުންނަށް ވެއްޖެ. މި ގައުމު ދިރުވާލައިފައި ތިބި މީހުންނަށް ވެއްޖެ. އަޅުގަނޑުމެން ނުކުރާ އެއްވެސް ކަމެއް ނެތް، އިއްޒަތްތެރި ރައީސް،"
ނަޝީދު އިސްވެ ހުންނަވައި "ދަ ޑިމޮކްރެޓްސް"ގެ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ މެމްބަރުންނަަށް އިޝާރާތްކޮށް ޣަފޫރު ވިދާޅުވީ އެ މެމްބަރުންނަކީ "އުސޫލެއް ހަމައެއް ނެތި، އޮޔާދައި ބައިގަނޑެއް" ކަމަށެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								