ވަރަށް އަވަސް މުސްތަގުބަލެއްގައި ސިފައިންގެ މުސާރައަށް ބަދަލު އަންނާނެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާމަކުރައްވައިފިއެވެ.
މިނިސްޓަރު އެހެން ވިދާޅުވީއޭޖީ ކޯގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ދާދި ފަހުން ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަދަލު (މުސާރަ ބޮޑުކުރުން) އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ. އެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް އެބަދޭ" މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހާވާލުވުމަށްފަހު އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކުނީ ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅުކޮށްދީ ސިފައިންނަށް ބޭނުންވާ ހިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދިނުން ކަމަށެވެ. އެގޮތުން ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ހޮޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް މިވަނީ ހައްލުކޮށް ދެވިފަ" މާރިޔާ ވިދާޅުވިއެވެ. ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި، ސިފައިންގެ އިންތިޒާމްތަކާއި ނިޒާމްތަކާއި، ސިފައިންގެ ވެލްފެއާ ކަންތައް ހަރުދަނާކުރުމަށް ކުރައްވާ ސިފައިންގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތަށްް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ގައުމީ ދިފާއީ ބާރަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ މުވައްސަސާއަކަށް ހެއްދެވުމަށް ރައީސް ސޯލިހު ދެއްވި ހާއްސަ އިސްކަމާއި އެކު، ގައުމީ ދިފާޢީ ބާރުގެ ކަންކަން ހަރުދަނާކުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ފުޅާ އެޖެންޑާއެއްގެ ތެރެއިން ކަމަށެވެ.
ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނީޝިއޭޓިވް ބެނާގެ ދަށުން އުފަންވި އެންމެ ހަނގު ހިދުމަތަކީ، ނުވަތަ މައިގަނޑު ސަވިީސް އަކީ އެޖުޓަންޓް ޖެނެރަލްގެ ކޯއެވެ.
އެ ކޯގެ މައިގަނޑު މަސައްކަތްތަކަކީ އަސްކަރިއްޔާގެ ބިންގަލާ ގުޅިފައިވާ އެންމެ އަސާސީ ކަންކަންތަކެވެ. އެއީ އަސްކަރީ އަދަބު އަހުލާގު ހިފެހެއްޓުމާއި ދެމެހެއްޓުން، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުން، އަސްކަރީ އަދުލުގެ ނިޒާމު ރާވާ ހިންގާ ތަންފީޒުކުރުން އަދި ސިފައިން އުފެއްދި ދުވަހުން ފެށިގެން ސިފައިންގެ އެންމެ އަސާސީ އެއް މަސައްކަތް ކަމުގައިވާ ހެވިކަމާއި އަސްކަރީ ސަގާފަތާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުން ފަދަ ކަންކަމެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								