ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ހޮނިހިރު ދުވަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް މާދަމާ ފައްޓަވާ ދަތުރުފުޅުގައި ނިލަންދޫ، ދަރަބޫދޫ، މަގޫދޫ، ބިލެތްދޫ އަދި ފީއައްޔަށް ވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި ސަރުކާރުން ނިންމާފައިވާ ޕްރޮޖެކްޓުތައް ރައީސް އިފްތިރާހު ކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ރަށްރަށަށް މި ކުރައްވާ ދަތުރުފުޅުގައި، ރަށްރަށުގައި މިހަނގަމުންދާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން، ރައީސަށް ސަރުކާރަށް ހުށަހަޅަން ބޭނުންވާ ކަންކަން އެބަ ހުރޭ. ކައުންސިލްތަކުގެ ފަރާތުން، ރައްޔިތުންގެ ފަރާތުން، އިތުރު އެހެން ބޭފުޅަކު މެދުވެރިނުކޮށް [ކަންކަން] ހުށަހެޅުމުގެ ފުރުސަތު ލިބިގެން އެބަދޭ،" މިއުވާން ވިދާޅުވިއެވެ.
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު އާންމު ކުރާ އައިލްސް ވެބްސައިޓުގައި ބުނެފައިވާ ގޮތުން ފ. އަތޮޅުގެ ފަސް ރަށުގައި 67 މަޝްރޫއު ހިންގަމުން އެބަދެއެވެ.
ފ. އަތޮޅަކީ ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ކުޑަ އަތޮޅެވެ. އެ އަތޮޅުގެ އާބާދީއަކީ 4،401 އެވެ.
ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅަކީ ވ. އަތޮޅެކެވެ. އެ އަތޮޅުގެ އާބާދީއަކީ 1432 އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ