ގދ. ތިނަދޫގައި ބަނދަރުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތެޔޮ ބޯޓަކަށް އަލިފާން ފެތުރުނު ނަމަވެސް، ބޮޑު ނުރައްކަލެއް ދިމާނުވެ، ތެޔޮ ބޯޓު ސަލާމަތްވެއްޖެއެވެ.
އަލިފާން ރޯވީ ގދ. ތިނަދޫ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓަކާ ދިމާލުން، ޖެޓީ މަތީގައި ހުރި ޕަންޕެއްގައެވެ. މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޕަންޕުގައި އެއްކޮށްހެން ރޯވެ، އެއިން ކަޅު ދުން އެރިއެވެ. އަލިފާން ރޯވި ވަގުތު އެ ޕަންޕާއި ތެޔޮ ބޯޓާ ދެމެދު މާ ދުރު މިނެއް ނެތެވެ. އެ ހާދިސާގައި ތެޔޮ ބޯޓުގެ އެއް ފަރާތުގައި އަލިފާން ހިފިއެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މިޑީއާގައި ވަނީ އާއްމުވެފައެވެ. އެ މަންޒަރު ލައިވްކުރީ ޖެޓީއާ ކައިރިނުކޮށް ފަޅުތެރޭގައި މަޑުކޮށްގެން އޮތް ލޯންޗެއްގައި ތިބި ބައެކެވެ. އެ ވީޑިއޯއިން ޕަންޕުގައި އަލިފާން ހިފާފައި އޮތް މަންޒަރު ފެނެއެވެ. ތެޔޮ ބޯޓުން އެއްގަމަށް ގުޅާފައި އޮތް ހޮޅީގައި ވެސް ރޯވެފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އަލިފާންގަނޑު ބޯޓަށް ފެތުރުމުގެ ކުރިން ޖެޓީން ބޯޓު ދުރުކުރިއެވެ. އެއާ އެކު، ބޯޓުން އެއްގަމަށް ގުޅާފައި ހުރި ތެޔޮ ހޮޅި މޫދަށް ވެއްޓި އަލިފާން ނިވޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ މަންޒަރު ވީޑިއޯ ކުރި މީހުން ވަނީ އަލިފާން ނިއްވުމުގައި އެހިތެރިވެފައެވެ. އެއްގަމުން، އަލިފާން ނިއްވާ ހޮޅި ހިފައިގެން ގޮސް، ބޯޓުގެ އެއްފަރާތުގައި ރޯވި އަލިފާން ނިއްވީ ވީޑިއޯ ކުރި މީހުންނެވެ.
[caption id="attachment_51875" align="alignnone" width="1212"] އަލިފާން ރޯވުމާ އެކު، ޖެޓީއާ ދުރަށް ޖެއްސި، އެއާ އެކު އަލިފާން އިތުރަށް ނުފެތުރި ބޯޓު ސަލާމަތްވި[/caption]
"ޕަމްޕު އިނީ އެއްގަމުގައި ޖެޓީ މަތީގައި، ހުޅުގަނޑު އަރައިގެން ގޮސް ބޯޓުގެ ދަވާދުގައި ރޯވީ" ހަތާވީސްއާ ވާހަކަ ދައްކަމުން ބޯޓުގެ ވެރިފަރާތުން ބުންޏެވެ.
އަލިފާންގަނޑު ބޯޓަށް ފެތުރުމުގެ ކުރިން ވަނީ ނިއްވާލާފައެވެ. އަލިފާން ހިފީ ބޯޓުގެ ދަވާދުގައެވެ.
އެ ވަގުތު ބޯޓުގައި ހަތަރު މީހުން ތިއްބެވެ. އެއިން ދެ މީހެއް އަތާއި ފަޔަށް އަލިފާނުގެ އަސަރުކުރިއެވެ. ނަމަވެސް ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ