އާބަންކޯ އިން ބޮޑީ ބިލްޑިން އެސޯސިއޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެކުންފުނިން މިއަދު ބުނީ އެ އެއްބަސްވުމަކީ މޯލްޑިވްސް ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއްގެ ސްޕޮންސާޝިޕަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން އެ އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓާ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އާބަންކޯ ވަނީ ހަމަޖައްސައިފައެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް ގެ ކޯ – ސްޕޮންސަރ އަކަށް ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަތީފެވެ. އަދި ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.
މި ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް މި އޮތް ކުރިއަށް އޮތް ޖުލައި މަހުގައެވެ. އެގޮތުން މިސްޓަރ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި ދެ މުބާރާތުން ވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އާބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިންގ އެސޯސިއޭޝަނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ