ސަރުކާރުހެ އަމާޒަކީ އިސްލާމިކް ޔުނިވާސިޓީ އަކީ ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވާސިޓީގެ 2023ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ ކަމަށެވެ.
އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، މި ޔުނިވަރސިޓީން އަދާކޮށްފައިވަނީ، އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން. އެ އަމާޒަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އިސްލާމިކް ޔުނިވާސިޓީގެ ވަރުގަދަ ޢިލްމީ ހިޔަލުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމުގެ ވަރަށް މަތީ ޒިންމާއެއް ޙަވާލުވެފައިވާ ފަރުދެއް ކަމަށެވެ.
“ދަސްވެނިވުމަށް ފަހު، ކޮންމެ މައިދާނެއްގައި މަސައްކަތް ކުރިޔަސް، ތިޔަބޭފުޅުންގެ އެންމެ އިސް ވާޖިބަކަށް ހައްދަވަންވާނީ، ގައުނީ މަސްލަޙަތު ހިމާޔަތްކޮށް، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުން،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމުގެ ތަރައްގީއަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ، ގައުމުގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުން ކަމަށެވެ. އެގޮތުން މި އަހަރުގެ ބަޖެޓުން ވެސް ސަރުކާރުން ބޮޑު ޕަރސެންޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ