ފ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫ އަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ވަޑައިގެންނެވިއެވެ. ރައީސްގެ ދެކަނބަލުން ނިލަންދޫ އަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ނިލަންދޫ އިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މަރުހަބާ ދެންނެވުން ނިމުމުން ރައީސް ސޯލިހު އެންމެ ފުރަތަމަ ވެސް ވަޑައިގަތީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށެވެ. ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ އެމަނިކުފާނަށް ނިލަންދޫގެ ރައްޔިތުން ދެއްވި ހޫނު މަރުހަބާ އަށް ޝުކުރު އަދާ ކުރައްވައިފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީ ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ނިލަންދޫގައި ވެސް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތައް ކުރިޔަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ނިލަންދޫގައި ސަރުކާރުން ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތައް:
- ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން (މަސައްކަތް ނިމިފައި)
- އޭޓީއެމްގެ ހިދުމަތް (މަސައްކަތް ނިމިފައި)
- ވޮލީ ކޯޓު ތަރައްގީ ކުރުން (މަސައްކަތް ނިމިފައި)
- ނަރުދަމާގެ ނިޒާމު މަރާމާތު ކުރުމާއި އަޕްގްރޭޑުކުރުން (މަސައްކަތް ކުރިޔަށް ދަނީ)
- މިސްކިތް އިމާރާތް ކުރުން (މަސައްކަތް ކުރިޔަށް ދަނީ)
- އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުން (މަސައްކަތް ކުރިޔަށް ދަނީ)
- ފެނުގެ ނެޓްވޯކް ގާއިމް ކުރުން (މަސައްކަތް ކުރިޔަށް ދަނީ)
މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ ނިލަންދޫ އަށް 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނައިފައެވެ.
ރަށްރަށަށް ކުރައްވާ އެހެން ދަތުރުތަކެކޭ ވެސް އެއްގޮތަށް މި ދަތުރުފުޅުގައި ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ސަރުކާރުގެ ބައެއް އިދާރަތަކުގެބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކުރެއްވުން ވެސް އޮންނާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ