އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުޙުސިން ޙަމީދު (ޖޭފޯ) ސަރުކާރު ހިންގާ މައި ޕާޓޯ، އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.
އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ސާލިހު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދޫއަށް މިއަދު ވަޑައިގަތުމުން، އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ޖޭފޯއާ އެކު 60 ވުރެ ގިނަ މީހުން އެމްޑީޕީއަށް މިއަދު ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާގެ 10 މެމްބަރަކު ވެސް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ މަގާމުން ވަކިކުރުމަށް އެމްޑީޕީ މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެސް، ޖޭފޯ ވަނީ ސޮއި ކުރައްވާފައެވެ.
އެމްޑީޕީ މަޖިލިސް މެމްބަރުންގެ މިހާރުގެ އަދަދަކީ 56 އެވެ.
ޖޭފޯ އާއެކު، މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެމްޑީޕީއަށް އަލަށް ތިން މެމްބަރަކު ގުޅިވަޑައިގެންފައިވެއެވެ. އެއީ ވިލިނގިލީ ދާއިރާޣެ މެމްބަރު ސައުދު ހުސައިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. އަދި މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ބޭއްވި ދެ ބައި އިލެކްޝަނެއް ވެސް އެމްޑީޕީ ވަނީ ކާމިޔާބުކޮށްފައެވެ.
އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދި، ބައިބައިވުން އުފެދި 12 މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ