ސަރުކާރުން ތަރައްގީ ކުރި ފ. ދަރަނބޫދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހުޅުވައި ދެއްވައިފިއެވެ.
މިއީ ރާއްޖޭގެ ރަށްތަކުގެ ލަފާފުރުން ހައްލު ކުރުމަށް ސަރުކާރުން މިހާތަނަށް ހިންގި 52 ވަނަ މަޝްރޫއެވެ.
ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަކީ 2019 ވަނަ އަހަރު ފެށި މަސައްކަތެކެވެ. އެ މަޝްރޫއު ނިންމާފައި ވަނީ މިދިޔަ އަހަރުއެވެ. މިއީ ދައުލަތުގެ ބަޖެޓުން 38.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.
ދަރަނބޫގައި ބަނދަރު ހުޅުވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އުމްރާނީ ތަރައްގީގެ 561 މަޝްރޫއެއް ސަރުކާރުން ހިންގަމުންދާ ކަމަށެވެ. އޭގެ ތެރެއިން ލަފާފުރުން ހައްލު ކުރުމަށް 52 މަޝްރޫއެއް ހިންގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރާއި ޖެޓީ ހެދުމެވެ.
https://twitter.com/presidencymv/status/1662410618396344320?s=20
ދަރަނބޫދޫގެ މަޝްރޫއުތައް:
ބަނދަރު ހެދުން ނިންމިފައި
ފުލުހުން ހިދުމަތް ދީފައި
ފެނާއި ނަރުދަ ކުރިއަށް
ޒުވާނުންގެ މަރުކަޒާއި އިންޑޯ ހޯލާއި ފުޓްސަލް ދަނޑު ބަޖެޓްކޮށްފައި
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ