އެމްޑީޕީގެ ތާއިދު އެންމެ ދަށް އަތޮޅުގެ ތެގޭގައި ހިމެނޭ ފ. ނިލަންދޫ ދާއިރާގެ ވޯޓު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް "ލަންބާލާނެ" ކަމަށް އެ ޕާޓީއަށް މިއަދު ސޮއި ކުރެއްވީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ވިދާޅުވެއްޖެއެވެ.
ފ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުފުޅުގައި އެ އަތޮޅު ދަރަނބޫދޫއަށް ވަޑައިގެން، އެ ރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވި ރަސްމިއްޔާތުގައި ޖޭފޯ ވިދާޅުވީ ރިޔާސީ އިންތިހާބުގައި "އަޅުގަނޑުމެންގެ" ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ. ދާއިރާގެ ވޯޓުން ރިޔާސީ އިންތިހާބު އެމަނިކުފާނު "ނަގާނެ" ކަމަށް ޖޭފޯ ވިދާޅުވިއެވެ.
"ނިލަންދޫ ދާއިރާ އިރާދަ ކުރެއްވިއްޔާ މިފަހަރު ލަންބާލާނަން. ދުވަހަކު މީގެ ކޮޅުން ވެސް އެމްޑީޕީއަށް މި ދާއިރާ އައިސްފައެއް ނެތް. މިފަހަރު އެކަން ބަދަލުކޮށްދޭނަން، އިއްޒަތްތެރި ރައީސް.. ވޯޓު ނަތީޖާ ދައްކާނަން،" އަމިއްލަ ގޮތުން ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖޭފޯ ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް މެޖޯރިޓީ ނުލިބުނީ ދެ އަތޮޅަކުންނެވެ. އެއީ ފ. އަތޮޅާއި މ. އަތޮޅެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުގެ މައްޗަށް ޕީޕީއެމުން ބޮޑު ފަރަގަކުން ނަތީޖާ ނެރުނު އެއް ރަށަކީ ފ. ނިލަންދޫއެވެ. އެ ރަށުގައި ބެހެއްޓި އެއް ފޮށިން ރައީސަށް ލިބުނީ 23 ޕަސެންޓް ވޯޓެވެ. އެއީ 101 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީން، 76 ޕަސެންޓާ އެކު، 323 ވޯޓު ހޯއްދެވިއެވެ. ނިލަންދޫގައި ބެހެއްޓި އަނެއް ފޮށި ވެސް 70 ޕަސެންޓުން އެފަހަރު ކާމިޔާބު ކުރީ ރައީސް ޔާމީނެވެ.
ދަރަނބޫދޫ ބަނދަރު ނިންމަވައި ދެއްވި މަޝްރޫއަށް އިޝާރާތް ކުރައްވައި، ޖޭފޯ މިއަދު ވިދާޅުވީ ކުޑަ އާބާދީއަކަށް ބެލުމެއް ނެތި، "ޗާލު ބަނދަރެއް" އެ ރަށަށް މިސަރުކަރުން ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ.
"މިއީ ކުޑަ އާބާދީއެއް ހިމެނޭ އަތޮޅެއް. މިއީ ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ކުޑަ އަތޮޅު. މި ފާއިތުވެދިޔަ އެއްވެސް ވެރިކަމެއްގައި ދަރަނބޫދޫގެ ރައްޔިތުން ވިސްނަންވީ ދަރަނބޫދޫއަށް އެންމެ މުހިއްމު ތަރައްގީއެއް، އެންމެ ބޮޑު ތަރައްގީއެއް ގެނެސްދެއްވީ، ފެނުނު ވެރިކަމަކީ ކޮައިތޯ؟ އަޅުގަނޑުމެނަށް އެހެން ވެރިކަމެއް ނެފެނޭ. އަޅުގަނޑުމެން ލޯ ކުރިމަތިން މި އޮތީ ފެންނަން،" ކުރިން ޕީޕީއެމްގައި ވެސް އުޅުއްވި ޖޭފޯ ވިދާޅުވިއެވެ.
ފ. އަތޮޅަކީ ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ކުޑަ އަތޮޅެވެ. އެ އަތޮޅުގެ އާބާދީއަކީ 4،401 އެވެ.
ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅަކީ ވ. އަތޮޅެކެވެ. އެ އަތޮޅުގެ އާބާދީއަކީ 1432 އެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								