ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް ބަހައްޓަވާ އޯގާތެރިކަން ފެނިވަޑައިގެން މަގޫދޫ ކައުންސިލްގެ ރައީސް ވަހީދު "ކޮސްވެއްޖެ" އެވެ.
ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހު އިއްޔެ ހަވީރު ވަނީ މަގޫދޫ އަށް ވަޑައިގެންފައެވެ. އަދި ރޭ އެރަށުގެ ފެނުގެ ހިދުމަތާއި ފެނަކަ ކޯޕަރޭޝަންގެ އާ އޮފީސް އިމާރާތް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރައީސް ސޯލިހަކީ މަގޫދޫގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް އޯގާތެރިކަމެއް ބަހައްޓަވާ ރައީސެއް ކަމަށެވެ. މަގޫދޫގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ ވާހަކަތަކުގެ ލިސްޓު ރައީސަށް އެރުވުމުން އެ ލިސްޓުގައިވާ ގޮތަށް މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އޭނާ ވަނީ ރައީސް ސޯލިހުގެ ސަރުކާރުން މަގޫދޫ އަށް ކޮށްދެމުން އަންނަ މަސައްކަތްތަކާއި އަދި މިހާރު މަސައްކަތް ނިމިފައިވާ ބައެއް މަސައްކަތުގެ މައުލޫމާތު ހިއްސާ ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ މަގޫދުގެ ރައްޔިތުން މިއަދު ތިބީ ރައީސް ސޯލިހާއެކުގައި ކަމަށާއި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެރަށުގެ ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން ކަމަށެވެ.
"ލިބެމުންދިޔަ ނިކަމެތިކަމާއި އޭރު ދިން އަނިޔާ އިން ސަލާމަތްވުމަށް އަޅުގަނޑުމެން ހިތުގައި ލާފައި ހުރި ޒަހަރުތަކުން ސަލާމަތްވުމަށް މިކަންކަމަށް އަޅުގަނޑުމެން ގައުމުގެ ރައީސްގެ ކިބައިން އެދުނީ އެންމެ ކަމަކަށް. ރައީސް... އަޅުގަނޑުމެން ދުއްވާލާފައި ދާއިރުގައި އެހެރަ ފެންނަ އެއާޕޯޓު [މަގޫދޫ އެއާޕޯޓުގެ މަސައްކަތް] ގެ ރީތި މަންޒަރުތައް، ރައްޔިތުން ތިބީ ހަމަ އުފަލުން ފޮޅިފައި. އިއްޒަތްތެރި ރައީސް... ތިޔަ ކޮށްދެއްވީ މަގޫދޫ ރައްޔިތުންނަށް ވަރަށްވެސް އިހުލާސްތެރި މަސައްކަތެއް،" ވަހީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން މަގޫދޫ ރައްޔިތުންނަށް ކޮށްދެއްވާ ކަންކަމުގެ ނަތީޖާ މަގޫދޫ ރައްޔިތުންގެ ފަރާތުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދައްކުވައި ދޭނެ ކަމަށެވެ. ދިވެހި ރައްޔިތުންގެ ހަމްދަރުދީއާ ލޯބި ރައީސް ސޯލިހު މިއަދު ހޯއްދަވާފައިވާ ކަމަށާއި އަދި ހިކުމަތްތެރިކަމާއެކު ރައީސް ކުރައްވަމުން އަންނަ މަސައްކަތުގެ ނަތީޖާ ފެންނަނީ ވަރަށް ފޮނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								