ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ މެންބަރެއްގެ ގޮތުގައި ހުރެ ދެއްވާނެ ކަމުގެ ޔަގީންކަން، އިއްޔެ އެމްޑީޕީއާ އަލަށް ގުޅިވަޑައިގެން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ދެއްވައިފިއެވެ.
އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ސާލިހު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދޫއަށް އިއްޔެ ވަޑައިގަތުމުން، އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ޖޭފޯއާ އެކު 60 ވުރެ ގިނަ މީހުން އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާގެ 10 މެމްބަރަކު ވެސް ހިމެނެއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން ޖޭފޯ ވިދާޅުވީ 19ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ތެރޭގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ކަމަށާއި އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ރައީސްގެ ހުރިހާ އެހެން މެންބަރުން [ސަރުކާރަށް ތާއީދުކުރާ މެންބަރުން] އެކޭވެސް އެއްފަދައިން ރައީސަށް ތާއީދު ކުރާ.... އެންމެ ބޮޑަށް ތާއީދު ކުރާ މެންބަރުގެ ގޮތުގައި އަޅުގަނޑު ހުރެދޭނަމޭ،" ޖޭފޯ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ މަގާމުން ވަކިކުރުމަށް އެމްޑީޕީ މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެސް، ޖޭފޯ ވަނީ ސޮއި ކުރައްވާފައެވެ.
އެމްޑީޕީ މަޖިލިސް މެމްބަރުންގެ މިހާރުގެ އަދަދަކީ 56 އެވެ.
ޖޭފޯ އާއެކު، މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެމްޑީޕީއަށް އަލަށް ތިން މެމްބަރަކު ގުޅިވަޑައިގެންފައިވެއެވެ. އެއީ ވިލިނގިލީ ދާއިރާޣެ މެމްބަރު ސައުދު ހުސައިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. އަދި މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ބޭއްވި ދެ ބައި އިލެކްޝަނެއް ވެސް އެމްޑީޕީ ވަނީ ކާމިޔާބުކޮށްފައެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								