އެއްބަޔަކު ރުޅި އަންނަ ކަމަކީ އަނެއް ބަޔަކަށް ރަނގަޅު ކަމަކަށް ވެދާނެ ކަމަށާއި، އެހެންނަމަވެސް އެ ހުރިހާ ހިޔާލެއް އެއްތަން ކުރުމުން ނިކުންނަ ނަތީޖާ ރަނގަޅުވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިއްޔެ ރައީސް ސޯލިހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ވަނީ އެ އަތޮޅު ބިލެތްދޫ އަށް ވަޑައިގެންފައެވެ. ބިލެތްދޫ އިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއިރު އެމަނިކުފާނު ވަނީ އެރަށުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އިމާރާތް ކޮށްފައިވާ އެ ކުންފުނީގެ އާ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައި ދެއްވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ޖަލްސާގައި ބިލެތްދޫ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ ކޮވިޑް19 ގެ ތެރޭގައި ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހުނު ނަމަވެސް އަދި ސަރުކާރަށް ލިބެމުންދިޔަ އާމްދަނީ އަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް ރައްޔިތުންނަށް އުޅެވޭނެ ގޮތެއް ހޯދައި ދެވުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންކަމް ސަޕޯޓާއި ވިޔަފާރިތަކަށް ސަރުކާރުން އޭރު ދެމުން ދިޔަ އެހީތަކުގެ ވާހަކަ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
https://twitter.com/hathavees/status/1662723696421912576?s=20
ރައީސް ވިދާޅުވީ އެފަދަ ހާލަތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އިން ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ މަޑު ޖެހުމެއް އައި ނަމަވެސް އެ މަޝްރޫއުތައް ހުއްޓާނުލާ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ހާލަތުގައި އެމަނިކުފާނަށް ތަފާތު އެކި ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކޮވިޑްގެ އެ ހާލަތުން އަރައިގަތުމަށް އެ ހުރިހާ ހިޔާލެއް އެއްތަން ކުރުމުން ނެރެވުނު ނަތީޖާ ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ހުރިހާ ހިޔާލެއް އެއްތަން ކުރުމުން ނަގަންޖެހޭ ޑިސިޝަން ވަރަށް ފަސޭހަވޭ. އަޅުގަނޑުމެން [ސަރުކާރުން] ކަންތައް ކުރަމުން ދިޔައީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތްތަނުގައި ވެސް ރަށްރަށުގެ ތަރައްގީ އަށް ކުރަން ހުރި މަސައްކަތްތައް ސަރުކާރުން ކުރާނީ ރައްޔިތުންގެ ހިޔާލާއި ކައުންސިލްތަކުގެ މަޝްވަރާ އާއި އަދިވެސް ކަމާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންގެ ލަފައާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								