ފެނަަކަ ކުންފުންޏާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
"ވައްކަމެއް ނުކުރޭ. ވައްކަމެއް ނުކުރާނެ،" ފ. ބިލެއްދޫ އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނަކައަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ސައީދުގެ ވާހަކަ ފެށީ އެ ހިސާބުންނެވެ.
އެއަށް ފަހު ސައީދު އެދިވަޑައިގެންނެވީ ފެނަކައާ ގުޅޭ ގޮތުން މައްސަލައެއް އޮތްނަމަ ކަމާ ބެހޭ ފަރާތްތަަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށެވެ. ދެއްވި ޔަގީން ކަމަކީ އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމެވެ.
"ހަމަ އެކަނި ތިމާމެން ނަގަމުން އައި ނާޖައިޒު ފާއިދަތަކެއް ހުއްޓުނީމަ ހިތައް ކެތް ނުކުރެވިގެން ޒާތްޒާތުގެ ވާހަކަ އަނބުރަނީ. އަޅުގަނޑު ހިތަށް ނާރާ އެކައްޗެކޭ ވެސް އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަމާ އެކީ ބައްލަވަން ޖެހޭ ކަންތައްތަކުން ބައްލަވާ،" ވާދަވެރިންނަށް ހޫނު ރައްދެއް ދެވަމުން ވިދާޅުވިއެވެ.
[caption id="attachment_52098" align="alignnone" width="1280"] ބިލެތްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު، ސައީދާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް[/caption]
ވާދަވެރިންނަށް ސައީދު ދެއްވި މެސެޖަކީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ ވިސްނުން ގެންގުޅުމަށެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް "ޗެލެންޖު" ކުރެވޭނެ ވަރުގެ ބޭފުޅަކު ނެތް ކަމަށް ވިދާޅުވިއެވެ.
"ކަރަތް ބާރުލާފައި މި ދަންނަވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ޗެލެންޖު ކުރޭވޭނެ ބޭފުޅެއް އަދި އެއް އަންނާކަށް ނުވެސް އުޅުއްވާ. އެ ވިސްނުމެއްވެސް ނެތް،" ސައީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ކަންކަމުގައި އެހާ ބޮޑު އިސްކަމެއްދެއްވާ ބޭފުޅަކީ ރައީސް ސާލިހު ކަމަށްވާތީވެ ދެ ވަނަ ދައުރަކަށް އެމަނިކުފާނު ހޮއްވަވަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								