މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުލެ އިރުމަތީފަރާތު ހައިވޭގައި އެކްސިޑެންޓުވެ، މަރުވި ޒުވާނާ ސައިކަލު ދުއްވާފައި ވަނީ ބާރު ސްޕީޑުގައު ނުބައި ލޭނެއްގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މީހާ މަރުވީ މަގަށް ދަތިވާ ގޮތަށް ހުއްޓިފައި އޮތް ކާރެއް އެތަނުން ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ޕިކަޕެއްގައި ޖެހިގެން ކަމަށެވެ. އެ ޕިކަޕް އޮތީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި ހަތަރު ސިގުނަލް ދީގެންގެން ކަމަށް ފުލުހުން ބުންޏެވެ.
”ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި، އެކްސިޑެންޓުވި ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި އައިސް، އެ ޕިކަޕުގެ ފަހަތުގައި ޖެހިގެންނެވެ،“ ފުލުހުންގެ ބަޔާނުގައިވެއެވެ.
“އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްލީޑަށްވުރެ، ބާރަށް އުޅަނދު ނުދުއްވުމަށާއި މަގުމަތީގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ”ފުލުހުންގެ ބަޔާން ނިންމާލަމުން ފުލުހުން ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ