ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް، އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން މިރޭ ހުއްޓުވައިފި އެވެ.
ގާނޫނުގައި ބުނާ 3,000 މެމްބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލަން ނިންމާފައި ވަނިކޮށް އެކަން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ގަސްދު ކުރާ ކަމަށް ބުނެ ޕާޓީ އުވާލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ޕާޓީން އެދުމުންނެވެ. ނަމަވެސް އަސްލު މައްސަލަ އެ ޕާޓީން އަދި މިހާތަނަށް ކޯޓަށް ހުށަނާޅަ އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ އަސްލު ދައުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން މިފަދަ ވަގުތީ އަމުރަކަށް އެދެވިދާނެ ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނާ ކަމަށެވެ. އަދި މައްސަލަ ކޯޓުން ނުނިމެނީސް އެމްއާރުއެމް އުވާލުމަކީ އެ ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް އަމުރުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ އައިރު ހާޒިރުގައި ނެރުނު އެ އަމުރުގައި ކޯޓުން އަންގާފައިވަނީ އެމްއާރުއެމް އުވާލުމުގެ އެއްވެސް ކަމެއް މިވަގުތު ނުކުރުމަށެވެ. ނަމަވެސް އަސްލު މައްސަލަ 30 ދުވަސް ތެރޭގައި އެ ޕާޓީން ކޯޓަށް ހުށަނާޅައިފިނަމަ އެ އަމުރު ނިމުމަކަށް އަންނާނެ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
އެމްއާރުއެމް އުވާލަން ނިންމީ 3,000 މެމްބަރުން ހަމަކުރަން ނޯޓިސް ދިނުމަށްފަހު އެ އަދަދަށް މެމްބަރުން ހަމަ ނުކުރެވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. ނަމަވެސް އެމްއާރުއެމްއިން ތުހުމަތު ކުރަނީ އެއީ ސިޔާސީ ގޮތުން އެ ޕާޓީގެ ހަރަކާތްތައް ހުއްޓުވާލަން ކުރި ކަމެއްގެ ގޮތުގަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ