އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، އަމިއްލައަށް ލޯފަން މީހުން ވޯޓުލެވޭނެ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.
އެ އިސްލާހުގައިވާ ގޮތުން ލޯފަން މީހުން ވޯޓުލާނީ ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެން ކަމަށެވެ. ބިލުގައިބުނެފައިވާ ގޮތުން އެ ޓެމްޕްލޭޓަކީ ވަނީ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށެވެ.
އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން، ލޯފަން މީހުން ވޯޓުލާން ޖެހޭނީ މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވާއި އޭގެ ސަބަބުން ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގެއް ލޯފަން މީހުންނަށް ގެއްލިފައިވާ ކަމަށެވެ، ސަރުކާރުން ހުށަހެޅި ބިލުގެ ދަށުން އިސްލާހު ކުރާނީ 45 ވަނަ މާއްދާއެވެ.
މި އިސްލާހު ހުށަހެޅުއްވީ ބްލައިންޑް އެންޑް ވިޒުއަލީ އިންޕެއާޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްނެގުމާ އެކުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ