މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް ނިންމި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލަން ނިންމާފައި ވަނިކޮށް އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ރޭ އަމުރެއް ނެރުނީ އެ މައްސަލަ އެމްއާރުއެމްގެ ފަރާތުން އެ ކޯޓަށް ހުށަހަޅަން ނިންމައި ވަގުތީ އަމުރަކަށް އެދުމުންނެވެ.
މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން މައްސަލަ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަކަށް އެދެވިދާނެ އެވެ. އަދި ޣައިރު ހާޒިރުގައި އެފަދަ އަމުރުތައް ނެރެވިދާނެ އެވެ. ނަމަވެސް އެފަދައިން ނެރޭ އަމުރުތައް ރިވިއުކުރަން އެދެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިގޮތުގައި އެ އަމުރު ރިވިއުކުރަން އެ ކޮމިޝަނުން ސިވިލް ކޯޓުގައި އެދެން ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުން އެމްއާރުއެމްއަށް ވަގުތީ އަމުރު ނެރެދިނީ 30 ދުވަސް ތެރޭގައި މައްސަލަ ހުށަހަޅާ ގޮތަށެވެ. އެ މުއްދަތުގައި މައްސަލަ ހުށަނާޅައިފިނަމަ އެ އަމުރު ބާތިލްވާނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ