ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިބި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ފަރާތްތައް މަގާމުން ވަކިކުރަނީ ސަރުކާރަށް ތާއިދުނުކުރާތީއެއް ނޫން ކަމަށާއި، އެކަން ކުރަނީ އެ ޕާޓީއަށް މީހުން އިތުރުވާތީ ކަމަށް އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި އާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި ސަރުކާރުގެ ވަޒީފާއިން ވަކިކޮށް ހިންގާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ނާއިންސާފު ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުރާ ކަމަށް އެޕާޓީން ބުންޏެވެ.
“ވަޒީފާއިން ވަކިކުރި އާސިޔަތު އަލައިކާ ޢަދްނާންއާއި، މުޙައްމަދު ޙަމްދާން އަދި އަންޞާރު ޢަބްދުއްސައްތާރަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޢަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުންން ސިޔާސީ ލީޑަރުންނެވެ”
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިނުގައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ އިތުރުން ކެންޕެއިން ރޭވުމާއި ހިންގުމުގެ އިސް ޙަރަކާތްތެރިންނެވެ. އަދި ފަންނީ ގޮތުންނާއި، ޢިލްމީގޮތުން ޤާބިލު، ހީވާގިކަމާއެކު މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލަމުންދިޔަ ބޭފުޅުންނެވެ.
ސިޔާސީގޮތުން ޚިޔާލު ތަފާތުވުމުން ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއް ކަމަަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ ސެޕްޓެންބަރު 2023 އަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މައި ކޯލިޝަން ޕާޓްނަރަކުވެސް ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިޢުލާންކުރައްވާފައިވާ ކަމަށެވެ. އެޕާޓީ އަކީ ޖުމްހޫރީ ޕާޓީއެވެ.
އެހެންކަމުން މިއަދު މަޤާމުން ވަކިކުރި ސިޔާސީންނަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުނުކޮށްގެން ވަކިކުރި ބައެއް ނޫނެވެ. އެހެނެއްކަމަކު ދަ ޑިމޮކްރެޓްސްގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ވަކިކުރި މީހުންނެވެ. މިޕާޓީއަށް ފައުޅުގައި ތާޢީދުކުރުން ހުއްޓުވުމުގެ ނިޔަތުގައެވެ.
ދަ ޑިމޮކްރެޓްސް ދެކޭގޮތުގައި މަޤާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ “ފިނޑި”ކަން ކަމަށެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								